English Edition
Dhivehi Edition

6:09 އަލިފާން އެއްކޮށް ނިއްވާލެވިފައިވާކަން އެމްއެނޑީއެފުން ކަށަވަރުކޮށްދެއްވައިފި

6.06 އަލިފާން ކޮންޓްރޯލް ކުރެވިއްޖެ- އެމްއެންޑީއެފް

6:04 އަލިފާން ފެތުރުން މިހާރުވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށާއި އިތުރު ބަޔަކަށް އަލިފާން ފެތުރިފައި ވޭތޯ ބަލަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

05:30 މއ. މޯނިންވިއު ގޭގެ 3 ވަނަ ފަންގިފިލާގައި އަލިފާން ރޯވުމުގެ ސަބަބުން އެމްއެންޑިއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ޙަރާކާތްތެރިވާން ފަށައިފިއެވެ. މިޙާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 5 ޖެހިއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މިޙާދިސާގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ދަނީ ފޯމް ބޭނުންކުރަމުންނެވެ.

ރޯވި ގެއާއި ކައިރީހުރި ބައެއް ބިލްޑިންގ ތަކުން މިހާރު ދަނީ މީހުން ހުސްކުރަމުންނެވެ. އެހެންނަމަވެސް އިތުރު ގެއަކަށް އަދި ގެއްލުންވިކަމުގެ މަޢުލޫމާތެއް ނުލިބެއެވެ. މިޙާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ. މަންޒަރު ދުށް ފަރާތްތަކުން ހާމަ ކުރާ ގޮތުގައި އަދިވެސް އަލިފާން ނިއްވާ ނުލެވޭއިރު އެގެއިން ފެށިގެން އަޙްމަދިއްޔާ ސްކޫލާ ހަމަޔަށް މުޅިއެ ސަރަޙައްދުވަނީ ކަޅު ދުމުން ފުރިފައެވެ.