English Edition
Dhivehi Edition
ވެލިގަނޑު އައިލެންޑް ރިސޯޓް

އއ. ވެލިގަނޑު އައިލެންޑް ރިސޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިޙާދިސާގެ ރިޕޯޓް ލިބުނީ މިއަދު 2.15 ހާއިރުކަމަށެވެ. ގެސްޓް ރޫމެއްގައި ރޯވި އަލިފާން އެރިސޯޓުގެ މުވައްޒަފުން މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިޙާދިސާ ހިނގި ސަރަޙައްދަށް އެމްއެންޑީއެފް ފަޔަރ ލޯންޗް މިހާރު ދަނީ ދަތުރު ކުރަމުންނެވެ.

މިޙާދިސާގައި މީހަކަށް އަނިޔާވި ކަމަށް އަދި ސާފެއް ނުވެއެވެ.