English Edition
Dhivehi Edition
ފޮޓޯ: މުހައްމަދު އަޒްހާން

އައްޑޫން އިތުރު 18 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު އިރު އޮއްސި 18:00 އާއި ހަމައަށް ހިތަދޫން ވަނީ އިތުރު ދިހަ މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދެއްކި އެކަކާއި، ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި މީހެއްގެ އިތުރުން ޕޮޒިޓްވިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ 7 މީހެކެވެ.

މީގެ އިތުރުން މަރަދޫ އިން ޕޮޒިޓްވިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ އެކަކު ޕޮޒިޓިވްވިއިރު ފޭދޫން ވަނީ ޕޮޒިޓްވިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ދެ މީހަކު ޕޮޒިޓިވްވެފައެވެ، މީގެ އިތުރުން ހުޅުދޫ އިން ޕޮޒިޓްވިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ތިން މީހަކު ޕޮޒިޓިވްވި އިރު ރެންޑަމް ސާމްޕަލަކުން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އައްޑޫގައި ކޮވިޑްގެ ނުރައްކާ ބޮޑުވަމުން އަންނައިރު ބަލި ކޮންޓްރޯލްކުރުމަށްޓަކައި ހަވީރު 16:00 އިން ފެށިގެން ފަތިހު 04:00 އަށް ކާފިއުވަނީ އިއުލާންކޮށްފައެވެ.