English Edition
Dhivehi Edition

ކޮވިޑް-19 ޖެހިގެން މިއަދު ރާއްޖެއިން 5 މީހަކު ނިޔާވެއްޖެއެވެ. މިއާއެކު މިބަލީގައި މިމަހު މަރުވި މީހުންގެ އަދަދު މިވަނީ 61 އަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިއަދު ހެދުނު 7:44 ގައި އުމުރުން 85 އަހަރުގެ މީހަކުވަނީ ނިޔާވެފައެވެ. މީގެ އިތުރުން ހުޅުމާލެ ފެސިލިޓީގައި ފަރުވާހޯދަމުންދިޔަ 4 މީހަކުވެސް ވަނީ މިއަދު ނިޔާވެފައެވެ. މިއެންމެންނަކީވެސް ދިވެހިންނެވެ.

ހުޅުމާލެ ފެސިލިޓީން މިއަދު ނިޔާވި މީހުންނަށް ބަލާލާއިރު ފަތިހު 6:55 ހާއިރު އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކުވަނީ ނިޔާވެފައެވެ. އަދި ރޭ ފަތިހު 3:18 ހާއިރު އުމުރުން 77 އަހަރު ދިވެހި ފިރިހެނަކާއި، ރޭ ފަތިހު 4:25 ހާއިރު އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނަކުވަނީ ނިޔާވެފައެވެ.
މިއަދުގެ ފުރަތަމަ މީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 2:02ހާއިރުއެވެ. އުމުރުން 81 އަހަރު ގެ މިމީހާއަކީ އައިޖީއެމްއެޗްގެ އީއާރްއަށް ގެންދިޔަ ދިވެހި ފިރިހެނެއްކަމަށް އެޗްޕީއޭ އިން ވިދާޅުވެފައިވެއެވެ.
މިބަލީގައި އިއްޔެ 6 ދިވެހިން މަރުވެފައިވާއިރު މިއަދުގެ މިހާތަނަށް ވަނީ 5 މީހަކު މަރުވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 134 އަށް އަރާފައެވެ. އޭގެތެރޭގައި 119 ދިވެހިންނާއި 15 ބިދޭސީން ހިމެނެއެވެ.

ޓެގު