English Edition
Dhivehi Edition

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ވިލިނގިލިން އިތުރު 02 ފަރާތެއް ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 33 އަށް އަރައިފައިވާ ކަމަށް ވިލިނގިލި އީ.އޯ.ސީ އިން މިރޭ ހާމަކޮށްފިއެވެ.

މިރޭ ބޭއްވި އީ.އޯ.ސީ ސެޝަންގައި ބާއިވެރިވެފައިވަނީ، ގއ. އަތޮޅު ހޮސްޕިޓަލް މެނޭޖަރ ޝަރީފް އަޙްމަދު އަދި ގއ. ވިލިނގިލި ކައުންސިލް ނާއިބް ރައީސާ އައިޝަތު ނަޒްދާ އިތުރުން ވިލިނގިލީ ކައުންސިލް މެމްބަރު އިބްރާހިމް ރަޝީދެވެ.

މިރޭ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، ކޮންމެހެން މަޖުބޫރު ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ވަޑައިނުގަތުމަށާއި އަދި ޒިޔާރާތް ކުރުން މަދުކުރުމަށްޓަކައި އަތޮޅު ހޮސްޕިޓަލުން އޮންލައިންކޮށް ނޫނީ ފޯނުގެ ޒަރިއްޔާއިން ގޭގައި ތިއްބަވައިގެން ޑޮކްޓަރަށް ދެއްކުވުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ.

މީގެ އިތުރަށް ޝަރީފް ވިދާޅުވީ، މި ވަގުތު ހޮސްޕިޓަލްގެ 02 ނަރުހެއްގެ އިތުރުން މުވައްޒަފެއް ޕޮޒިޓިވްވެފައިވާ ކަމަށާއި އަދި މިކަމާ ގުޅިގެން ބައެއް މުވައްޒަފުންތަކެއް ކަރަންޓީން ކުރަންޖެހިފައިވާ ކަމަށް ޝަރީފްވަނީ މިރޭ ހާމަކުރައްވާފައެވެ.

ވިލިނގިލީގައި ކޮވިޑް ފެތުރިފައިވަނީ ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ހީލާފުވެ އެފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ވިލިނގިލީގައި 20 މޭއިން ފެށިގެން 6 ދުވަހުގެ މުއްދަތަށް ރޭގަނޑު 00؛18 އިން ފަތިހު 00؛4 އަށް އެރަށުގައި ކާފިޢު ހިންގުމަށްވެސް ވަނީ އިޢުލާން ކޮށްފައެވެ.