English Edition
Dhivehi Edition
25 މާޗު 2020: ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކަމާ ގުޅޭ އިދާރާތައް ގުޅިގެން ބޭއްވި އިމަޖެންސީ ޑްރިލްގެ ތެެރެެއިން - ފޮޓޯ: އަހުމަދު ޝުރާއު (ވީނިއުސް)

ކޮވިޑް19 ކޮންޓްރޯލު ކުރުމަށް މާލެ ސަރަހައްދު ފުރަބަންދުނުކޮށް ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމައިފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން 26 މެއި ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

ބަލި ކޮންޓްރޯލްކުރުމަށް އަޅާނެ ފިޔަވަޅުތަކާމެދު މިހާރުވެސް މަޝްވަރާ ކުރަމުން އަންނަކަން ފާހަގަކުރައްވަމުން މަބްރޫކު ވިދާޅުވީ ރާއްޖެ ލޮކްޑައުން ކުރަން ނިންމާފައިނުވާކަމަށެވެ. ކޮވިޑްގެ ނުރައްކާ ބޮޑުވެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރެއަށްވެސް ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު، 70 އަށްވުރެ ގިނަ ރަށްރަށުން ވަނީ ބަލިޖެހިފައިވާ މީހުން ފެނިފައެވެ. އަދި ބަލިކޮންޓްރޯލްކުރުމަށް މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ވެސް ކާފިއު ހިންގަމުން އަންނައިރު، އެ ދެ ސިޓީގައިވެސް ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ،