English Edition
Dhivehi Edition

ގދ. ގައްދޫ ކައުންސިލުގެ ރައީސް މުޙައްމަދު އަޙްމަދު ބަންދުން ދޫކޮށްލަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން، ހައިކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

ޖަލުގައި ހުއްޓައި ގދ. ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވި މުޙައްމަދު އަޙްމަދުގެ މައްޗަށް ވަނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަަލައެއްގައި ދައުުވާ އުފުލާފައެވެ. މި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ހުއްޓާ، މި މަހުގެ ތިން ވަނަ ދުވަހު ގައްދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އޭނާ ދޫކޮށްލަން ހުކުމްކޮށްފައެވެ.

ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު ޕީޖީ އިން ބުނެފައި ވަނީ، އޭނާ އިންތިހާބުވުމަކީ އޭނާގެ ފަރާތުން ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިގެންދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. މިއަދު ހައިކޯޓުގެ ނިންނުމާއި ގުޅިގެން މުޙައްމަދު އަޙްމަދުގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދަށުކޯޓުން ކުރި އަމުރު ދެމިއޮންނާނެ އެވެ. އެހެންކަމުން އޭނާ އަލުން ބަންދަށް ބަދަލުކުރެވޭނެ ކަމަށް ޕީޖީ އޮފީހުންވަނީ ހާމަކޮށްފައެވެ.

އިންތިޚާބުތަކުގެ ޤާނޫނުގައިވާ ގޮތުން ކުށެއްގެ ތުހުމަތު ކުރެވުނަސް، ޝަރީއަތުގައި މި ތުހުމަތުތައް، ސާބިތުނުވާހާ ހިނދަކު އެ މީހަކަށް އިންތިޚާބުގައި ވާދަކުރެވޭނެއެވެ. އެހެންނަމަވެސް އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު ޝަރީއަތަށް ޖިނާއީ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައިފި ނަމަ އެ މީހެއްގެ ގޮނޑި ގެއްލޭނެއެވެ.