English Edition
Dhivehi Edition

ގއ.ގެމަނަފުށިން އަނެއްކާވެސް އިތުރު 3 މީހަކު ކޮވިޑަށް ފައްސިވެ އެކްޓިވް ކޭސްގެ އަދަދު މިހާރު 41އަށް އަރައިފިއެވެ. ފާއިތުވެދިޔަ 24 ގަޑިއިރުތެރޭ އިތުރު 10 މީހަކު މިވަނީ މިބައްޔަށް ފައްސިވެފައެވެ.

ގެމަނަފުށީީ ކައުންސިލްގެ ރައީސް އިބްރާހިމް ނާޝިދު (ނާޝިދު) ވިދާޅުވީ މިފަހަރު އަލަށް ފައްސިވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ވަރަށް ބާރު މިނުގައި ކުރިއަށްދާ ކަމަށާއި، މިއަދުގެ ވަގުތެއްގައި އެފަރާތްތަކުގެ ސާމްޕަލް ނެގިގެންދާން ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ނިމުނުހާ އަވަހަކަށް ރަށުގެ ހާލަތު ދެނެގަތުމުގެ ގޮތުން ސަތޭކައެއްހާ ރެންޑަމް ސާމްޕަލް ނެގިގެންދާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 124 އަށް އަރާފައިވާއިރު، އެންމެ ފަހުން ނިޔާވެފައިވަނީ 66 އަހަރުގެ ފިރިހެނެކެވެ. ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މިބަލި ދަނީ ހަލުވިކަމާއިއެކު ފެތުރެމުންނެވެ.

 

ޓެގު