English Edition
Dhivehi Edition

ގއ. ގެމަނަފުށިން އިތުރު 7 މީހަކު ފައްސިވެ، އެކްޓިވް ކޭސްގެ އަދަދު މިހާރު 38އަށް އަރައިފިއެވެ.

ގެމަނަފުށީ ސިއްޙީމަރުކަޒުން މައުލޫމާތު ދެއްވިގޮތުގައި މިފަހަރު ފައްސި ވެފައިވަނީ ކުރީގެ ކޭސްއެއްގެ ކޮންޓެކްޓް ޓްރޭސިންގ އަށް ފަހު ނެގުލު ސާމްޕަލް ތަކުގެ ތެރެއިން ފައްސި ވެފައިވާ 5 މީހުންނާއި، ހޯމް ކަރަންޓިންގައި ހުރި ދެ މީހެކެވެ. އަދި މީގެ އިތުރުން، މިއަދު ވެސް އިތުރު ސާމްޕަލްތަކެއް ނެގިފައިވާނެ ކަމަށް ސިއްޙީމަރުކަޒުން ވަނީ ހާމަކޮށްފައެވެ.

ގެމަނަފުށީގެ ޓާސްކް ފޯސްއިން މައުލޫމާތުދެއްވި ގޮތުގައި މިއަދުންފެށިގެން ދޮށީގެ މަސްވެރިވެރިކަމާއި، ފަރުމަސްވެރިކަމާއި، އެހެނިހެން މަސައްކަތްތަށް ކުރުމުގެ ހުއްދަވަނީ ޚާއްސަ އުސޫލުތަކެއްގެ މަތިން ދޫކުރެވިފައެވެ.

ގެމަނަފުށި މޮނިޓަރިންގ ގެ ހާލަތުގައި އޮންނަތާ މިހާރު 10 ދުވަސް ވެފައިވާއިރު، މިހާތަނަށް ޖުމްލަ 153 ސާމްޕަލް ނެގި، އޭގެތެރެއިން 38 މީހުން މިވަނީ ފައްސިވެފައެވެ. މީގެތެރޭގައި 37 ދިވެހިންނާއި 1 ބިދޭސީއަކު ހިމެނެއެވެ.