English Edition
Dhivehi Edition

އައްޑޫސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެފައިވާ މެންބަރުން ހުވައި ކުރެއްވުން ޖޫންމަހު ތިންވަނަ ދުވަހު އޮންނާނެ ކަމަށް ސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ. ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އެދުވަހުގެރޭ ހިތަދޫ ޝަރަފުއްދީން ސްކޫލުގައެވެ. ޖަލްސާ ފަށާނީ ފަށާނީ އެރޭ 10:00 ގައެވެ. ހުވައި ކުރެއްވުމަށްފަހު ތިންވަނަ ކައުންސިލްގެ ރަސްމީ ފުރަތަމަ ޖަލްސާވެސް އޮންނާނެއެވެ. އެ ޖަލްސާގައި އައްޑޫސިޓީގެ މޭޔަރުގެ މަގާމަށާއި ޑެޕިއުޓީ މޭޔަރުގެ މަގާމަށް ބޭފުން އިންތިޚާބު ކުރާނެއެވެ. މެއިމަހުގެ ހަ ވަނަދުވަހު ބޭއްވި ލޯކަލްކައުންސިލް އިތިޚާބުގައި އައްޑޫސިޓީގެ ހަތް ގޮނޑިވެސް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.