English Edition
Dhivehi Edition

ރާއްޖެއާއި ތުރުކީއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމުން ދިވެހިރާއްޖެއުން އެކްސްޕޯޓުކުރާ ކަނޑުމަހުގެ ޑިއުޓީ ކަނޑާލާނެކަމަށާއި, އޭގެ އިތުުރން 241 ބާވަތެއްގެ ޑިއުޓީ ކަނޑާލަން ހުށަހަޅާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ, ޑިއުޓީ ކަނޑާލާ ބާވަތްތަކުގެ ތެރޭގައި ސީފުޑުގެ ބާވަތްތައް ވެސް ހިމެނޭ ކަމަށެވެ.

ދިވެހިރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުގެ ޑިއުޑީ ކުޑަކުރުމަށް އެމްޑީޕީ ސަރުކާރުންވެސް މަސައްކަތް ކުރިއެވެ. އޭރުގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު މި މަސައްކަތް ކުރެއްވި ނަމަވެސް, އެކަމުގެ އަޕްޑޭޓެއް ފަހުން ނުލިބި އެމްޑީޕީގެ ވެރިކަން ނިމުގެން ދިޔައީއެވެ.

ޔޫރަޕަށް ދިވެހި ކަނޑުމަސް އެކްސްޕޯޓުކުރި ނަމަވެސް ޑިމާންޑު ނުއުފެދެނީ, ޔޫރަޕަށް މަސް އެކްސްޕޯޓުކުރުމުގައި ދިވެހި ކަނޑުމަށް ބޮޑު ޑިއުޓީއެއް ނަގާތީއެވެ. އެ ޑިއުޓީ ކަނޑައިލެވިއްޖެނަމަ ޔޫރަޕް މާކެޓުން ދިވެހިރާއްޖެއަށް ރަނގަޅު މަންފާއެއް ލިބެނެއެވެ.