English Edition
Dhivehi Edition

ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުއްޓާއި، ދާންދޫއިން އަނެއްކާވެސް ކޯވިޑް19 އަށް ގިނަ ބަޔަކު ފައްސިވެއްޖެއެވެ.

ގއ އަތޮޅު ހޮސްޕިޓަލުގެ ތަފާސްހިސާބު ތައް ދައްކާގޮތުގައި މިހާތަނަށް ދާންދޫއިން 73 ފަރާތެއް ފައްސި ވެފައިވާއިރު، ގެމަނަފުށިން 31 ފަރާތެއް އަދި އެއަތޮޅު ވިލިނގިލިންވެސް 28 ފަރާތް މިހާތަނަށް ކޯވިޑް19 އަށް މިވަނީ ފައްސިވެފައެވެ.

މީގެ އިތުރުން ހުވަދު އަތޮޅުގެ އެހެން ރަށްތަކުންވެސް މިވަނީ ފައްސި ކޭސްތަކެއްފެނިފައެވެ. މީގެ ތެރޭގައި ހިމެނެނީ ކަނޑުހުޅުދޫ، ކޫއްޑޫ، ދެއްވަދޫ، ވާދޫ، ފަރެސްމާތޮޑާ، ގައްދޫ، ހޯޑެއްދޫ، މަޑަވެއްޔެވެ.

ހުވަދު އަތޮޅުގައި ކޯވިޑްބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މިހާރު އެޅިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީތަކާއި އާއްމު އެއްވުންތަން ބޭއްވުން މަނާކުރުމާއި،ސުކޫލްތައް ބަންދުކުރުމުގެ އިތުރަށް ރަށުތެރޭގައި އުޅުންމިވަނީ މަނާކުރެވިފައިއެވެ.އަދި ބައެއްރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސް ހަލުވިކަމާއި އެކު ބަލި ފެތުރޭ ރަށްތަކަށް ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 50،802 އަށް އަރާފައިވެއެވެ.