English Edition
Dhivehi Edition

ގއ.ކަނޑުހުޅުދޫގައި މިދިޔަ އަންގާރަ ދުވަހު އުމުރުން 12 އަހަރުގެ ކުޑަކުއްޖެއްގެ ކަންފަތުގައި ހިފާ އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިއަދު މީސްމީޑިޔާގައި ފެންމަތިވި މި މައްސަލަ ކައުންސިލުގެ ފަރާތުން މިހާރުވަނީ ފުލުހުންނާއި ޖެންޑާގެ ސަމާލުކަމަށް ގެނެސްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފުޓްބޯޅަ ކުޅެން އުޅުނު ކުދިންގެ ދެމެދުގައި ހިނގި އަރާރުމެއްގެ ސަބަބުން އޭގެތެރެއިން އެއް ކުއްޖެއްގެ ބައްޕަ 12 އަހަރުގެ މިކުއްޖާގެ ކަންފަތުގައި ހިފާ އަނިޔާ ކޮށްފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދިން ގޮތުގައި ކަނޑުހުޅުދޫގައި 12 އަހަރުގެ ކުއްޖެއްގެ ކަންފަތުގައި ހިފައި އަނިޔާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ.

މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.