English Edition
Dhivehi Edition

ގއ. ކަނޑުހުޅުދޫ “ސީހޯސް 3” މަސް ދޯނިން، ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 50،000 ރުފިޔާ ހަދިޔާ ކުރުމަށް ނިންމައިފިއެވެ.

“މަސްވެރިން އެމްވީ” އަށް އެ ދޯނިން ބުނެފައިވަނީ މިއީ އެ ދޯނިން ބޭނި ދެ ޓަނުގެ މަހަށް ވާ ފައިސާ ކަމަށާއި މިއީ މިދިޔަ ހަފްތާގައި އެ އެ ދޯނިން ބޭނި 50 ޓަނުގެ މަހަށް ލިބޭ ފައިސާ ކަމަށެވެ. އަދި ފައިސާ ޖަމާވިހާ އަވަހަކަށް އެފައިސާ ފަލަސްތީނަށް އެހީވާ ފަންޑަށް ޖަމާކުރާނެ ކަމަށް ވެސް އެ ދޯނީގެ ވެރިފަރާތާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.

“ސީހޯސް 3” ދޯނިން މި ފައިސާ ފަލަސްތީނަށް ހަދިޔާކުރަން ނިންމާފައިވާއިރު އެ އަތޮޅު ވިލިނގިލި، ހުސީނާ ދޯނިން ބާނާ 1 ޓަނު މަސް ކިރުވައިގެން ލިބޭ ފައިސާ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ. އެއީ ގާތްގަނޑަކަށް 25،000 ރުފިޔާއެވެ.

ދިވެހިންގެ ތެރެއިން ވެސް ގިނަ ބަޔަކު ފަލަސްތީނަށް އެހީވުމަށް ހިންގާ ފަންޑް ރެއިސް އެކި ހަރަކާތްތަކުގައި ބައިވެރިވެ ފަންޑުތަކަށް ފައިސާގެ އެހީ އަންނަނީ ފޯރުކޮށްދެމުންނެވެ.