English Edition
Dhivehi Edition
އޭޑީކޭ ހޮސްޕިޓަލް - ފޮޓޯ: ޕިންޓްރެސްޓް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ދަނިކޮށް ހޮސްޕިޓަލުގެ ފާހާނާއެއް ތެރެއިން ފިސްތޯލައެއް ފެނުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފިސްތޯލަކީ ، ރައީސް ނަޝީދުގެ ބޮޑީގާޑަކު ފާހާނާ އަށް ވަން ވަގުތު އެ ތަނުގައި ބޭއްވުނު ފިސްތޯލެކެވެ. އަދި މި ފިސްތޯލު އޭޑީކޭ ހޮސްޕިޓަލްގެ މުވައްޒަފަކަށް ފެނުމުން ފުލުހުންނަށް އެކަން އެންގުމުން މި ފިސްތޯލަ އެމްއެންޑީއެފާއި ހަވާލުކުރީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.

މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ކަމާ ބެހޭ އިދާރާއަކުން މިހާތަނަށް މީޑިއާއާ ހިއްސާކޮށްފައެއް ނުވާއިރު އޭޑީކޭ އިން ވެސް މިކަމާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.