English Edition
Dhivehi Edition

އިއްޔެ ނެގުނު 14 ސާމްޕަލްގެ ތެރެއިން އިތުރު ތިން 3 މީހަކު ފައްސިވެ، ގއ. ގެމަނަފުށީގައި ކޮވިޑް19 ޖުމްލަ އެކްޓިވެ ކޭސްގެ އަދަދު މިވަނީ 27 އަށް އަރާފައެވެ.

ގެމަނަފުށީ ސިއްޙީމަރުކަޒުން މައުލޫމާތު ދެއްވި ގޮތުގައި މިއަދު ފައްސި ވެފައިވަނީ އެއް ބިދޭސީންނާއި ދެ ދިވެހިން ކަމަށާއީ، މިތިން ފަރާތަކީވެސް ކުރިން ފައްސި ވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތަކެކެވެ. މިހާރު އެންމެ ބާރުމިނެއްގައި ކުރެވެމުންދާ މަސައްކަތަކީ މިއަދު ފައްސި ވެފައިވާ ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތް ކަމުގައިވެސް ސިއްޙީމަރުކަޒުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މިހާތަނަށް ގެމަނަފުށީން ޖުމްލަ 124 ސާމްޕަލް ނެގިފައިވާއިރު އޭގެތެރެއިން 14 ފަރާތެއްގެ ނަތީޖާ ލިބިފައެއް ނުވެއެވެ. ނަތީޖާ ލިބުނު ފަރާތްތަކަށް ބަލާލާއިރު ފައްސިވެފައި ވަނީ 1 ބިދޭސީންނާއި 26 ދިވެހިންނެވެ. އަދި މިހުރިހާ ފަރާތެއްގެ ވެސް ހާލު ރަނގަޅު ކަމަށާއި އިތުރު ފަރުވާއަށް ވިލިނގިލީ ކޮވިޑް ފެސިލިޓީ އަށް ފޮނުވުނު ފަރާތްތަކުގެ ހާލުވެސް ރަނގަޅު ކަމަށް ސިއްޙީމަރުކަޒުން ވަނީ މައުލޫމާތު ދެއްވާފައެވެ.