ގއ.އަތޮޅުގެ ނުވަ ރަށެއްގެ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވެ ވަޑައިގަތް މެމްބަރުން ހުވާ ކުރައްވައިފިއެވެ.
މި ރަސްމިއްޔާތު ތަކުގައި އަލަށް ހޮވުނު ކައުންސިލް ތަކުގެ ހުވާ ކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އިފްތިތާޙްކޮށް އިޤްރާރުވުން ކުރިޔަށް ގެންގޮސްފައެވެ.
މިދިޔަ އެޕްރީލް މަހު 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބްގައި އަތޮޅު ކައުންސިލްގެ ރައީސަކަށް އިންތިޚާބުވެފައިވަނީ ގއ. ވިލިނގިލީ އާސާމް އިބްރާހިމް ޝާހީން ( ޝިހާން) އެވެ. ގއ. ވިލިނގިލީ ރަށު ކައުންސިލް ރައީސްކަމަށް އިންތިޚާބު ވެފައިވަނީ އެރަށު ޝެރިން ވިޝާލް މުޙައްމަދުއެވެ.
ގއ.ކޮލަމާފުށީ ކައުންސިލް ރައީސް ކަމަށް އިންތީޚާބުވެފައިވަނީ އެރަށު ރަންދޯދި އިބްރާހިމް ވަހީދުއެވެ. ގއ. މާމެންދޫ ކައުންސިލް ރައީސް އަކަށް އިންތިޚާބު ވެފައިވަނީ އެރަށު ބާހާރުގޭ އަޙްމަދު އަޒީޒްއެވެ.
ގއ. ނިލަންދޫ ކައުންސިލް ރައީސް ކަމަށް އިންތިޚާބްވެ ފައިވަނީ އެރަށު ވައިލެޓްވިލާ ނާާސިޙް އިބްރާހިމްއެވެ. އަދި ގއ. ދާންދޫ ކައުންސިލް ރައީސް ކަމަށް އިންތިޙާބުވެފައި ވަނީ އެރަށު ބުލޫހެވަން މުޙައްމަދު އާސިފްއެވެ.
ގއ. ދެއްވަދޫ ކައުންސިލް ރައީސް ކަމަށް އިންތީޚާބުވެފައިވަނީ އެރަށު އެންދެރިމާގޭ އަބްދުﷲ ޝާފިޢު އެވެ.
ގއ. ކޮނޑޭ ކައުންސިލް ރައީސް ކަމަށް އިންތީޚާބުވެފައިވަނީ އެރަށު ނައިޓްރޯސް އަހްމަދު އަބްދުލް ޙަކީމް އެވެ. ގއ. ގެމަނަފުށި ކައުންސިލް ރައީސް ކަމަށް އިންތީޚާބުވެފައިވަނީ އެރަށު ހަވީީރީ އައްސޭރި އިބްރާހިމް ނާޝިދުއެވެ.
ގއ. ކަނޑުހުޅުދޫ ކައުންސިލް ރައީސް ކަމަށް އިންތީޚާބުވެފައިވަނީ އެރަށު ދުނބުރިމާގޭ ތޯރިގް އަފީފްއެވެ.