English Edition
Dhivehi Edition
ދާންދޫ ބަނދަރު

ގއ. ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން، 52,099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,953 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެއެވެ. އަދި 333 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 529 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ އިތުރަށް 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ގަހައި، 30 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ގެހުމަށް ހަމަޖެހިފައިވެއެވެ. މިމަސައްކަތް އެއްކޮށް ނިމޭއިރު 1203 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ 70.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގއ. ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. ދާންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 1 އަހަރާ 4 މަސް ދުވަހުގެ ތެރޭ ނިންމާގޮތަށެވެ.