English Edition
Dhivehi Edition

ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަޤާމަށް 04 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި ކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނަންބަރު C-195/1/2023/7(IUL) މާރިޗު 13 2023 އިޢުލާނުގެ ސުންގަޑި ހަމަވިއިރު އެ މަގާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ މަޢުލޫމާތު މިއަދު ވަނީ ޢާއްމު ކޮށްފައެވެ.

އެގޮތުން ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް 04 ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ. އެއީ

1. އާމިނަތު ޒިދުނާ / މ.ހިތަށްފިނިވާގެ، ކ.މާލެ

2. މަރްޔަމް ރަޝީދާ، ކިބިމާގެ، ގއ.ވިލިނގިލި

3. އިރުޝާދު ޒާހިރު / މެޑޯނާ، ގއ.ދާންދޫ

4. ޢާއިޝަތު ޝިހާބް / މުޝްތަރީގެ، ގއ.ވިލިނގިލި

އެ ކޯޓުގެ މެޖިސްޓްރޭޓް ކަމުގައި ކުރިން ހުންނެވީ އިބްރާހީމް އިޙްސާންއެވެ. އިޙްސާން އަކީ ގއ. ދާއިރާގެ އިސްމެޖިސްޓްރޭޓެވެ. ދާދި ފަހުން އިޙްސާން ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރައްވާފައެވެ.