ގއ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިބްރާހިމް ޝާހީން މިއަދު ހުވާ ކުރައްވައިފިއެވެ.
މިއަދު ކުރިޔަށްދިޔަ ހުވާ ކުރުމުގެ ދަރުބާރުގައި، އިބްރާހިމް ޝާހީންއަށް ހުވާލައިދެއްވީ ގއ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒް އިބްރާހިމް އިޙްސާންއެވެ.
ޕީޕީއެމް ޓިކެޓުގައި ނުކުންނެވި އިބްރާހިމް ޝާހީން އިންތިޚާބް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.
އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ޝާހީންގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރެއްވި އަޙްމަދު ފުއާދު އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ހަސަންދީދީއެވެ.