ގއ. ވިލިނގިލީ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވެ ވަޑައިގަތް މެމްބަރުން ހުވާ ކުރައްވައިފިއެވެ.
މިއަދު ކުރިޔަށްދިޔަ ހުވާ ކުރުމުގެ ދަރުބާރުގައި، އަލަށް އިންތިޚާބުވި މެމްބަންނަށް ހުވާ ލައިދެއްވީ ގއ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒް އިބްރާހިމް އިހުސާންއެވެ.
މިދިޔަ އެޕްރީލް މަހު 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބްގައި އަތޮޅު ކައުންސިލްގެ ރައީސަކަށް އިންތިޚާބުވެފައިވަނީ ގއ. ވިލިނގިލީ އާސާމް އިބްރާހިމް ޝާހީން ( ޝިހާން) އެވެ. ކޮލަމާފުށީ ކައުންސިލް ރައީސް ކަމަށް އިންތިޚާބުވެފައިވަނީ އެރަށު ރަންދޯދި އިބްރާހިމް ވަހީދުއެވެ. ގއ. މާމެންދޫ ކައުންސިލް ރައީސް އަކަށް އިންތިޚާބު ވެފައިވަނީ ގއ. މާމެންދޫ ބާހާރުގޭ އަޙްމަދު އަޒީޒްއެވެ. ގއ. ނިލަންދޫ ކައުންސިލް ރައީސް ކަމަށް އިންތިޚާބްވެ ފައިވަނީ އެރަށު ވައިލެޓްވިލާ ނާާސިޙް އިބްރާހިމްއެވެ.
ގއ. ދާންދޫ ކައުންސިލް ރައީސް ކަމަށް އިންތިޚާބުވެފައި ވަނީ އެރަށު ބުލޫހެވަން މުޙައްމަދު އާސިފްއެވެ. ގއ. ދެއްވަދޫ ކައުންސިލް ރައީސް ކަމަށް އިންތިޚާބުވެފައިވަނީ އެރަށު އެންދެރިމާގޭ އަބްދުﷲ ޝާފިޢު އެވެ. ގއ. ކޮނޑޭ ކައުންސިލް ރައީސް ކަމަށް އިންތިޚާބުވެފައިވަނީ އެރަށު ނައިޓްރޯސް އަހްމަދު އަބްދުލް ޙަކީމް އެވެ. ގއ. ގެމަނަފުށި ކައުންސިލް ރައީސް ކަމަށް އިންތިޚާބުވެފައިވަނީ އެރަށު ހަވީީރީ އައްސޭރި އިބްރާހިމް ނާޝިދުއެވެ. ގއ. ކަނޑުހުޅުދޫ ކައުންސިލް ރައީސް ކަމަށް އިންތިޚާބުވެފައިވަނީ އެރަށު ދުނބުރިމާގޭ ތޯރިގް އަފީފްއެވެ. ގއ. ވިލިނގިލީ ރަށު ކައުންސިލް ރައީސްކަމަށް އިންތިޚާބު ވެފައިވަނީ އެރަށު ޝެރިން ވިޝާލް މުޙައްމަދުއެވެ.
ނާއިބް ރައީސާ އަކަށް އިންތިޚާބްވެފައިވަނީ އެރަށު ޕެރިސްރޯސްމާގެ އާއިޝަތު ނަޒްދާ އެވެ. މިއީ ވިލިނގިލީ ތާރީޚުގައި ފުރަތަމަ ފަހަރަށް އިންތިޚާބުވި އަންހެން ބޭފުޅާއެވެ.