English Edition
Dhivehi Edition

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިފްތިތާހްކޮށްފިއެވެ.

މިހާރު ކުރިއަށްދާ ހުވާކުރުމުގެ ދަރުބާރުގައި، އަލަށް އިންތިހާބުވި އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންވަނީ އިޤްރާރްގައި ސޮއިކޮށްފައެވެ.

މިދިޔަ އެޕްރީލްމަހުގެ 10 ވަނަ ދުވަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ހިތަދޫގެ ފަސް ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު މަރަދޫ ފޭދޫ ދާއިރާ އަދި ހުޅުދޫ ދާއިރާގެ ގޮނޑިވެސް އެމްޑީޕީއިން ވަަނީ ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ވޯޓަކާ ނުލާ އެމްޑީޕީއިން ފޭދޫ ދާއިރާ، މަރަދޫ ދާއިރާ އަދި މީދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވާއިރު އެ ޕާޓީންވަނީ މުޅި އެކު 10 ގޮނޑި ކާމިޔާބުކޮށްފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިތަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރި ކެންޑިޑޭޓުންނަކީ:

  • އައިޝަތު ނަދާ
  • ހަދީޖާ އިބްރާހީމް ދީދީ
  • ފާތިމަތު ހީނާ
  • މަރްޔަމް ނަސީރާ
  • އަނޫޝާ މުފީދު

މީގެ އިތުރުން

  • މީދޫ ދާއިރާ- ނައުމާ އަބްދުﷲ
  • މަރަދޫ ދާއިރާ- ނުސްރަތު ރަޝީދު
  • ފޭދޫ ދާއިރާ – ހައްވާ ޒާހިރާ
  • މަރަދޫފޭދޫ ދާއިރާ – ސަލްމާނާ މޫސާ
  • ހުޅުދޫ ދާއިރާ – އައިޝަތު ދުސޫމާ