English Edition
Dhivehi Edition

އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އަންހެއަންހއެވެ.

މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި ކާމިޔާބު މަސައްކަތްތެރިއަކަށް ވުމަށް ބޭނުންވާނެ ހުނަރާއި މަޢުލޫމާތު އަދި ވިޔަފާރިއެއް ފަށައިގަތުމަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދުތައް ވަނީ ފޯރުކޮށްދީފައެވެ.

އައްޑޫ ސިޓީގެ މަސައްކަތްތެރިންނަށް އަމާޒުކޮށް ފެށި މި ބައްދަލު ވުމުގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދިޔައީ ހުޅުމީދޫގައެވެ.ސ.އަތޮޅު މަދަރަސާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އެ ދެ އަވަށުގެ ގިނަ މަސައްކަތްތެރިންވަނީ ބައިވެރިވެފައެވެ. މި ވޯކްޝޮޕްގެ ދެވަނަ ބައްދަލުވުން އަމާޒުކޮށްފައިވަނީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަސައްކަތްތެރިންނަށެވެ. މިބައްދަލުވުން އޮތީ ފޭދޫ ސްކޫލް ހޯލް ގައެވެ.ކޮންމެ ދުވަހަކު 5 ގަޑިއިރަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ފަހު ސެޝަން އޮތީ ހިތަދޫ އައްޑޫ ހައިސްކޫލް ހޯލްގައެވެ. މި ސެޝަން ވެގެން ދިޔައީ ހިތަދޫގެ މަސައްކަތްތެރިންނަށް ޚާއްސަ ސެޝަނަކަށެވެ.

މިސެޝަންތަކުގައި، ފަހަށް ރައްކާކުރުމާއި، ކޭޝް ފްލޯ އެންޑް ބަޖެޓިންގ އާއި، ބަންދުކުރުމާއި، ލޭބަލްކުރުމުގެ އިތުރުން، ވިއްކުމާއި މާކެޓްކުރުމާއި، އަގުހެދުމާއި، ރައްކާތެރި ގޮތުގައި ކާބޯތަކެތި ތައްޔާރު ކުރުމާއި އަދި ނަފްސާނީ ދުޅަހެޔޮ ކަމުގެ މައްޗަށް މަޢުލޫމާތު ފޯރުކޮއްދެވުނުކަމައް އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ ބުނެފައެވެ.

މި މަސައްކަތު ބައްދަލުވުންތަކުގައި މަޢުލޫމާތު ދެއްވީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި، ބިޒްނަސް ސެންޓަރ މޯލްޑިވްސްއާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި، މޯލްޑިވްސް ރެޑް ކްރެސެންޓްގެ ކަމާބެހޭ ތަޖުރިބާކާރުންނެވެ.