English Edition
Dhivehi Edition
11 މާރިޗު 2020 ވަނަ ދުވަހު ބޭއްވި 19 ވަނަ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 18 ވަނަ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ބޮޑު ހިޔާނާތުގެ ފައިސާ ނުލިބޭ ހަމައެކަނި ސިޔާސީ ޕާޓީ އަކީ ޑީއާރްޕީކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ދުވަހު ނޫސް ‘ވަގުތަށް’ މައުލޫމާތު ދެމުން ޖާބިރު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ކުރިން، ޑީއާރްޕީގައި އުޅުނު މެމްބަރުންގެ ނަން ހިމެނުމުން އެކަމާއި ހިތާމަކުރައްވާކަމަށެވެ. އެހެންނަމަވެސް މި ވަގުތު ޑީއާރްޕީގައި މަސައްކަތްކުރާ އެއްވެސް މެމްބަރެއްގެ ނަން އެ ލިސްޓުގައި ނެތުމުން އުފާކުރައްވާ ކަމަށްވެސް ޖާބިރުވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރުމާއި، ހިޔާނާތުގެ އަމަލުތައް ހިންގުމަކީ ރާއްޖޭގައި އެންމެ ކުރީއްސުރެ ކުރަމުން އަންނަ ކަމެއްކަން ފާހަގަކުރަމުން ޖާބިރު ވިދާޅުވީ މާޒީގައި ހިނގާފައިވާ މިފަދަ ބޮޑެތި ހިޔާނާތުގެ މައްސަލަތައްވެސް ތަހުގީގު ކުރެވެން ޖެހޭކަމަށެވެ.