English Edition
Dhivehi Edition

ގއ. ވިލިނގިލިން އިތުރު 04 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދު 08 އަށް އަރައިފިއެވެ.

ހޯމް ކަރަންޓީނު ކޮށްފައިވާ ފަރާތެއް ކަރަންޓީނާއި ހީލާފުވެ އެ ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރެސިން މަސައްކަތުގެ ތެރެއިން އިތުރު 04 ސާމްޕަލެއްގެ ނަތީއްޖާ ޕޮޒިޓިވް ވެފައިވާކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މި އާއިއެކު ވިލިނގިލީގައި އެކްޓިވް ކޭސްތަކުގެ އަދަދު 08 އަށް އަރައެވެ. ކޮވިޑް-19 އާއި ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް ރޭގެ ވަގުތެއްގައި ވިލިނގިލި ވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ.

ގއ. އަތޮޅުގެ ކޮވިޑް ކޭސްތަކަށް ބަލާލާއިރު، ގއ. ދާންދޫގައި 19 މީހަކު، ގއ. ގެމަނަފުށީގައި 17 މީހުން، ގއ. ކޫއްޑޫގައި 04 މީހުން، ގއ. ވިލިނގިލީގައި 08 މީހުން އަދި ގއ. ކަނޑުހުޅުދޫގައި އެކަކު ވަނީ ޕޮޒިޓިވްވެފައިވެއެވެ.