English Edition
Dhivehi Edition

މެއި މަހުގެ 13 ވާ ބުރާސްފަތި ދުވަހަކީ މިއަހަރުގެ ފިތުރު ޢީދުދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެ މިނިސްޓްރީން މިހެން ނިންމާފައިވަނީ ހަނދު ސާބިތު ކުރުމަށް އެ މިނސްޓްރީގައި މިރޭ ބޭއްވި ބައްދަލުވުމެއްގައެވެ.

ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ މިރޭ އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1442 ވަނަ އަހަރުގެ ޝައްވާލް މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އެހެންކަމުން މި ހިނގާ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވާނީ މާދަމާ(ބުދަ) ދުވަސް ކަމަށާއި ޝައްވާލު މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް ކަމުގައި ކަނޑައަޅާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ