English Edition
Dhivehi Edition
ހުޅުމާލެ

ފިޠުރު ޢީދު ދުވަހާ ގުޅިގެން ގްރޭޓަރ މާލެ އޭރިއާގެ މަގުތަކުގައި އިންޖީނުލީ އަދި ބެޓެރި ވެހިކަލްތައް ދުއްވުން މާލެ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ 1445ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00އިން 18:00އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ބައްދަލުވުމުން ނިންމާފައިވާކަމަށެވެ.

މި ގަޑީގައި އިމަޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައިން އެފަދަ ޚިދުމަތްތައް ދޭ ވެހިކަލްތަކަށް 8 އެޕްރީލް އަދި 9 އެޕްރީލް މި ދެ ދުވަހު ހެނދުނު 10:00ން މެންދުރު ފަހު 2:00 އަށް ދޫކުރާނެކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

އެހެންކަމުން ގްރޭޓަރ މާލެ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި ޢީދު ދުވަހު ހަވީރު 16:00ން 18:00އަށް، އިންޖީނުލީ އަދި ބެޓެރި ވެހިކަލް ދުއްވުމަކީ މަނާކަމެއްކަމުގައެވެ. އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.