English Edition
Dhivehi Edition
އައްޑޫ ސިޓީ ހުޅުމީދޫ - ފޮޓޯ: އާއިޝަތު ނަޖް

އައްޑޫ ސިޓީ ހުޅުދޫ އިން ކަރަންޓީނުގެ އުސޫލާއި ހިލާފުވި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން ޕޮލިސް މީޑިއާ އިން ބުނީ ރޭ ހައްޔަރުކޮށްފައިވާ ދެ މީހުންގެ ތެރެއިން އެކަކަކީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހެއްކަމަށެވެ. އަދި އޭނާ ކަރަންޓީނާއި ހިލާފުވެގެން މީހެ ކުރިންވެސް ނަސޭހަތްދީފައިވާ ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އުސޫލުތަކަށް ތަބާނުވުމުގެ ސަބަބުން ކަމަށެެވެ. އަދި އެ ރަށުން ހައްޔަރުކުރި ދެވަނަ މީހަކާ އަކީ ކަރަންޓީންކޮށްފައިވާ ގެއަކަށް ވަން މީހެއް ކަމަށާއި މި ދެމީހުންވެސް މިހާރު ތިބީ ހުޅުމީދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އައްޑޫ ސިޓީ ހުޅުދޫ މީދޫ އިން މިދިޔަ މަހު 28 ވަނަ ދުވަހު ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެ އާއި ހަމައަށް އެ ރަށުން ޖުމްލަ 34 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މުޖްތަމައު ތެރޭގައި ބަލި ފެތުރިފައިވާ މިންވަރު ބެލުމަށް ރެންޑަމް ސާމްޕަލްތައް ނަގަމުން އަންނައިރު މީގެ ތެރެއިން ސާމްޕަލްތައް ވަނީ ޕޮޒިޓިވްވެފައެވެ.