English Edition
Dhivehi Edition

ތިރީގައި މިވަނީ ބޯލްޑަރ، ކޮލޮނާޑޯ އަށް އުފަން މަރީއާ ނަމަކަށް ކިޔާ އެތިސްޓް އަންހެން ކުއްޖަކު އޭނާ އިސްލާމްވީ ގޮތް ކިޔައިދީފައިވާ ޙަގީގީ ހާދިސާއެކެވެ.

“އަހަރެންގެ ނަމަކީ މަރީއާ. އަހަރެން އިސްލާމްދީން ގަބޫލްކުރީ މީގެ އަހަރުތަކެއް ކުރިން. އަހަންނަކީ ބޯލްޑަރ، ކޮލޮނާޑޯ އަށް އުފަން މީހެއް. ކުޑައިރުން ފެށިގެން ސްކޫލް ނިމެންދެންވެސް ދިރިއުޅުނީ ރަށުގައި. އަހަރެންގެ މަންމައައި ބައްޕައަކީ ސައުތްއެފްރިކާގެ ރައްޔިތުން. ނަމަވެސް އެދެމީހުން ކޮލޮނާޑޯއަށް ހިޖުރަކުރީ. މަންމައާއި ބައްޕަ އަކީ އެއްވެސް ދީނެއްގަބޫލުކުރާ ބައެއްނޫން. އެދެމީހުންނަކީ އެތިސްޓުން. މަންމައާއި ބައްޕަ އެއްވެސް ކަލަކު ވޮޑިގެން ވާކަމަށް ގަބޫލުނުކުރޭ.
އަހަންނާއި އެއްބަނޑު ފިރިހެން ކޮއްކޮ އެއްހުރޭ. އޭނާ ކިޔަވަމުންދަނީ ޔުނިވާސިޓީ އޮފް ކޮލޮރޯޑޯގައި މިއުޒިކްގެ ރޮގުން. އޭނާއަކީ ކެތޮލިކްއެއް. އަހަރެން އިސްލާމްދީން ގަބޫލު ކުރުމުގެ ކުރިން އެއްވެސް ކަލާނގެއެއް ވޮޑިގެންވާ ކަމަށް ގަބޫލުނުކުރަން. އަހަރެންގެ ދީނެއް ނެތް. އަހަންނަކީ ދީނުގެ ކަންކަމުގައި ތެދުވެރިއެއް ނޫނޭ ބުނެވިދާނެ. ހަގީގަތުގައި އަހަރެން ބޮޑުވަމުން އަކީ މައިންބަފައިން ކިޔައިދިން އެއްޗެއް އުނގެނި. މަންމައާއި ބައްޕަ އެއްވެސް ދީނެއް ގަބޫލު ނުކުރާތީ އަހަރެންވެސް އެއްވެސްދީނެއް ވާކަން ގަބޫލު ނުކުރަން.
އަހަރެން ދީނުގެވާހަކައެއް ދައްކާނަމަ ދައްކާފައި ހުންނާނީ ދީނުގެ ގޯސްވވާހަކަތަކާއި ދީނުގެ އިދިކޮޅު ވާހަކަތަކެއް. ކުރިން ދީނީ ކަންތަކަކީ ރަނގަޅު ކަންތައްކަމުގައި އެއްގޮތަކަވެސް އަހަރެން ގަބޫލެއް ނުކުރަން. އަހަންނަށް ވިސްނިފައިވަނީ ދީނީ ކަންތަކަކީ ބޮޑު ހަމަ ނުޖެހުމެއްގެ ގޮތުގައި. މިސާލަކަށް ބޮޑެތި ހަނގުރާމަތައް ކަހަލަ ހަމަނުޖެހުން. އެގޮތުން މިކަންތައް އަހަންނަށް ސިފަވީ ހިތްހަޖެހިގެން ނޫޅެވޭ ފަދަ އަމަލެއްގެ ގޮތުގައި.
އަހަންނަށް އިސްލާމްދީނަކީ އަސްލުދީން ކަމުގައި އެނގުނީ މީގެ 2 ނުވަތަ 3 އަހަރުކުރިން. އަހަރެން ޕާކިސްތާނުގެ ލޯބިވެރިޔަކާ ލޯބީގެ ގޮތުން ގުޅުނިން. ކައިވެނި ކުރުމުގެ ކުރިން އޭނައާއި އެކު ގުޅުމެއް ނުބާއްވަން. އަހަންނަށް ނޭނގޭ މިއީ އިސްލާމްދީނުގައި ވެސް މިކަން އޮންނަން ޖޭހޭގޮތްކަން. މިއީ އަސްލު އަހަރެން އިސްލާމްދީނަށް ލޯހުޅުވުނުގޮތް. އިސްލާމްދީނަށް ލޯހުޅުވުމާއެކު އަހަރެން ބޭނުންވީ ދީނާއި މެދު ދެކެމުން އައި ގޯސް ވިސްނުން ދޫކޮށް ދީން ރަނގަޅަށް ދަސްކުރުމަށް. އަހަންނަށް ދީން އެއްވެސް ވަރަކަށް އެނގިފައިނެތް. ދެން އަހަރެން ލޯބިވެރިޔާ އާއި ވާހަކަ ހިއްސާކުރުމަށްފަހު އަދި އެހެން މީހުންނާ ވެސް މަޝްވަރާކޮށް ދީނުގެ ކަންކަން ބަލައި ހޯދަން ފެށިން.
އަހަރެން އިސްލާމްދީން ދަސްކުރުމަށް ކީރިތި ގުރުއާނުގެ އިނގިރޭސި ކޮޕީއެއް ހޯދައި އެފޮތް ކިޔަންފެށިން. އެންމެފުރަތަމަ ވެސް މި ލޯބިވެރިޔާ އާއި ދިމާވެގެން ދީނުގެ އެއްވެސް ވާހަކައެއް ދެމީހުންވެސް ނުދައްކަން. އަހަރެންގެ ލޯބިވެރިޔާ އަކީ މުސްލިމަކަށްވެ ދީނީ މީހަކަށްވީ ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓަން. އަހަރެން ވިސްނީ އޭނައަކީ ހިތްހެޔޮ މާތް ތެދުވެރި މީހެއްގެ ގޮތުގައި. އޭނަ ވެގެން ދިޔައީވެސް އަހަންނާއި ދިމާވި އެންމެ އަޚްލާގު ރަނގަޅު މީހާއަށް. އޭނަގެ މިޒާޖު ވަރަށް ރަނގަޅު. އޭނައަކީ މީހުންނަށް ވަރަށް އޯގާތެރި މީހެއް. އޭނާ ހިތްހަމަ ނުޖެހޭ މީހަކަސް އެމީހަކާ ހަތަރު ކަޅި ހަމަކޮށް ރުޅިވެރިކަން ދުވަހަކުވެސް ނުދައްކާ. އަހަރެން އިސްލާމްދީން ގަބޫލު ކުރަންބޭނުން ވި އަނެއް ސަބަބަކީ މިއީ. އަހަންނާ ދިމާވި ޕާކިސްތާނުގެ ލޯބިވެރިޔާ އާހެދި . އޭރު އަހަރެމެން އެންގޭޖްވެފައި ތިބޭތާ ދުވަސްތަކެއް ވެއްޖެ.
އޭރު އަހަރެން ދިޔައީ އެރިޒޯނާގެ ސްކޫލެއްގައި ކިޔަވަމުން. އެދުވަސްވަރު ގަވައިދުން އޭނަ އަހަންނާ ބައްދލަކުރަން އެރިޒޯނާ އަށް އަންނާނެ. އެއްދުވަހަކު ބޯޑަރު ހުރަސްކޮށް އަހަންނާ ބައްދަލު ކުރަން އޭނަ އައި ދަތުރެއް މަތީގައި އޭނަ ދުއްވާފައި ދިޔަ ކާރު އެކްސިޑްންޓްވެ އޭނާ ނިޔާވި. މިއީ ހަޔާތުގައި އެންމެ ފުރަތަމަ މަރުގެ ހާދިސާއަކާ އަހަންނާ ދިމާވި ފުރަތަ މަފަހަރު. އަދި ލޯބިވެރިޔާގެ މަރު ވީ އަހަރެން އިސްލާމްދީނުގެ ކަންކަން އިތުރަށް ބަލައި ހޯދުމުގެ ހިތްވަރަކަށް. އަހަންނަށް ވިސްނުނީ އޭނަ މަރާކުރިމަތި ވިއިރު އޭނަ މަރުވެގެން ދިޔުމަށްވުރެ ގިނަކަންކަން އޭނައަށް ހުންނާނެކަމަށް. އަހަންނަށް ވިސްނުނު އޭނާ މަރުވެގެން ދިޔައީ ކޮންމެވެސް ސަބަބުތަކެއް ވާތީކަން. ކޮންމެވެސް ބާރަކާއި ސަބަބުތަކެއް އޮތުމުން ކަން އޭނަމަރުވާން ދިމާވީ އަހަންނަށް ވިސްނެންފެށި. ދެން އަނެއްކާވެސް ގުރުއާނާއި އިތުރު ފޮތްތައް އަހަރެން ކިޔަން ފެށިން . އަދި ވަރަށްގިނަ މީހުންނާއި ބައްދަލުކޮށް ކަންކަން ހޯދަންފެށިން.
އަހަރެން އަދިވެސް ހަނދާން އެބަހުރި ، ލޯބިވެރިޔާ ނިޔާވިތާ 2 މަސް ފަހުން ގުރުއާން ކިޔަވިނިކޮށް އެފޮތުން ހުރިހާ ކަމެއް ސާފުވެގެންދިޔަގޮތް. ކޮންމެ ކަމެއްދިމާވަނީ ކިހިނެތް ކަމަށާއި. ދުނިޔޭގެ ހުރިހާ ކަމަކާއި ގުޅިފފައިވާ ހުރިހާ ކަމެއް ސާފުވި. އެވަގުތު އަހަރެން އަމިއްލަ އަށް ޝާހަދަތް ކިއިން. ޝަހާދަތް ކިޔުމާއެކު އިހްސާސް ވެގެންދިޔައީ އިސްލާމްދީނާ ބެހޭގޮތުން އެނގުނު ހުރިހާކަމަކީ އެންމެ ރަނގަޅުކަންކަން ކަން.
އަހަރެން އިސްލާމް ވުމަށްފަހު ބައެއް ރަހުމަތްތެރިންނާ އެވާހަކަ ހިއްސާކުރިން. އެމީހުން ބުނި ޑެވަރ ކިޔާތަނެއްގައި ޝޭޚުން ތަކެއް ތިބޭނެކަމަށް. އަދި އެމީހުންނާ ގޮސް ވާހަކަ ދެއްކުމަށް. ދެން އަހަރެން ގޮސް ޝޭހުންނާ ވަހާހަކަ ދައްކައި އަހަރެން ބޭނުންވާގޮތް ހިއްސާކުރިން. އޭނާ އަހަރެން ކައިރީ މިއީ އަސްލު ބޭނުންވާގޮތް ތޯސުވާލުކުރި. އޭނާއަށް އެގެން ބޭނުންވީ އިސްލާމް ވަނީ ވަކިމީހަކަށް ޓަކާތޯ ނޫނީ ލޯބިވެރިޔަކަށް ޓަކާތޯ . އަހަރެން ޖަވާބުގައި ބުނިން އަހަރެން އިސްލާމްދީން ގަބޫލު މިކުރަނީ އަމިއްލަ ނަފްސަށް ޓަކައިކަން. ޝޭހު އަހަރެންގެ އިތުރު މުސްލިމް ދެ ރަހުމަތް ތެރިންގެ ހެކީގައި އަހަންނަށް ޝާހާދަތް ލައިދިން.

Advt

Advertisement

އަހަރެން މިއަދު ގަބޫލުކުރަނީ ޕާކިސްތާނުގެ މުސްލިމް ލޯބިވެރިޔާ އާއި ދިމާނުވި ނަމަ އަހަންނަށް އިސްލާމްދީނުގެ އެއްވެސް ކަމެއް ނޭންގޭނެ ކަމަށް. އަދި އަހަރެނން މުސްލިމަކަށް ވުމުގެ ހިޔާލުވެސް ނުކުރެވޭނެކަމަށް. އެހެން ނަމަވެސް ހަޔާތުގގައި ދިމާވި މީހެއްގެ ސަބަބުން މިއަދު އަހަންނަށް މިވަނީ ތެދުމަގު ދައްކަވައި. ފުރިހަމަ މުސްލިމަކަށް ވެވިފައި”

މަރީއާގެ ވާހަކަ އިން އެނގުނީ އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހަކަށް ވެސް ނުވަތަ އެހެން ދީންތަކުގެ މީހުންނަށް ވެސް އެންމެ ބޮޑަށް އަސަރު ފޯރާ އަދި ދީނާއި އިސްލާމްދީނާ މެދު ޝައުގު އުފެދުމުގައި މުސްލިމުންގެ ކިބައިގައިވާ ރިވެތި އަޚްލާގުގެ މުހިއްމުކަމެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ކޮންމެ ފަދަ ޙާލެއްގައި ވިޔަސް ފުރިހަމަ މުސްލިމެއް ނަމަ އެމީހެއްގެ ކިބައިން ފެންނަ ރިވެތި އަޚުލާގާއި ސުލޫކަކީ އެހެން ދީން ތަކުގެ މީހުންނަށް ދައްކުވައިދޭ ރީތި ނަމޫނާއެއްކަމެވެ.