ކޮވިޑް ޖެހިފައިވާ ދެޒުވާނަކަށާއި އުމުރުން ދުވަސްވީ މީހަކަށް ވެންޓިލޭޓަރ ގައި ފަރުވާ ދެމުން ގެންދާ ކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުމުރުން 26އަހަރު، 37 އަހަރު އަދި 52 އަހަރުގެ މީހަކަށް އައި.ސީ.ޔޫގައި އެޑްމިޓްކޮށް މިވަގުތު ވެންޓިލޭޓަރ ގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ. އަދި ޑޮކްޓްރ ގެ ޓްވީޓްގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި މި ތިން ޕޭޝެންޓުންވެސް ވެކްސިން ފުރިހަމަ ކޮށްފައި ނުވެއެވެ. އެހެން ކަމުން ޑޮކްޓަރގެ އިލްތިމާޒަކީ ބަލިހާލަތު ހުރިގޮތުން ވެކްސިން ނުޖެހޭ ފަރާތްތައް ފިޔަވައި ހުރިހާ ބޭފުޅުން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރުމެވެ.
Among those in ICU. A 26y old, 37y old & 56 y old is on ventilator.Non of them has received complete dose of vaccination.
Get vaccinated, still it will works In Sha Allah.
Pple w high risk for critical disease r
-not vaccinated, obesity & pregnancy-*clinically currently
— Dr. Mohamed Ali (@Moxamedalu) May 9, 2021
ފާއިތުވި ސައުވީސް ގަޑިއިރު ތެރޭ ރާއްޖެއިން 590 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރުދުވަހު 6:00 އިން ހޮނިހިރުދުވަހު 6:00 މާލެ ސިޓީން 439 މީހަކު ޕޮޒިޓިވް ވެފައިވާއިރު އަތޮޅު ތެރެއިން 141 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ، އަދި ރިސޯޓުތަކުން 9 މީހަކު ޕޮޒިޓިވްވެފައިވާއިރު މީގެ އިތުރުން ސަފާރީއަކުން އެކަކު ޕޮޒިޓިވްވެފައިވެ އެވެ.
މިހާތަނަށް ކޮވިޑް ބަލީގައި 83 މީހަކު މަރުވެފައިވާއިރު ކޮވިޑަށް ޕޮޒިޓިވްވި ރާއްޖޭ ޖުމްލަ އަދަދު ވަނީ 34،724 އަށް އަރާފައެވެ.