English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިންނެވެ. މިކަމާގުޅޭ އެއްވެސް މަޢުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވަނީ ބޮން ގޮއްވި ޙާދިސާގެ އެންމެ މުހިއްމު މީހާގެ ގޮތުގައި މިއަދު ހައްޔަރުކުރި މީހާ ސިފަކޮށް އޭނާ ހޯދުމުގައި ޢާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.

މި ޙަމަލާއާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރީ ދެ މީހެކެވެ. އިއްޔެ ހައްޔަރު ކުރި އެ ދެމީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ.