މިހާރު ރާއްޖޭގައި ފެތުރެމުންދަނީ ކޮވިޑްގެ އާ ސްޓްރެއިން އެއް ކަމަށް ޓެގް ޓީމުގައިވެސް ހިމެނި ވަޑައިގަންނަވާ، ނޭޝަނަލް ސެންޓަރ ފޯ ރެސްޕިރޭޓަރީ މެޑިސިންގެ ޑޮކްޓަރު، ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެއެވެ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އާ ސްޓްރެއިން އެއް އުޅޭކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެއްވޭ ކަމަށާއި މި އާ ސްޓްރެއިން މާބޮޑަށްވެސް ނުރައްކާ ވެފައި ފުއްޕާމެއަށް ގެއްލުންދޭ މިންވަރު ބޮޑު ކަމަށެވެ.
އެހެން ކަމުން ހުރިހާ އެންމެން ވެސް އެމީހެއްގެ ކޮންޓެކްޓް ބަބުލް ކުޑަ ކުރުމަށް މަސައްކަތް ކުރުމަށާއި މާސްކް އެޅުމަށާއި ރަނގަޅަށް އަތްދޮވުމަށް ޑރ. މުހައްމަދު އަލީ ވަނީ އިލްތިމާސް ކުރައްވާފައެވެ. ޑރ. މުޙައްމަދު ޢަލީ ވަނީ މިހުރިހާ ކަމަކަށްވުރެވެސް ބޮޑަށް މިކަމުން އަރައިގަތުމަށް އެދި ދުޢާކުރުމަކީ އެންމެ މުހިއްމު ހަތިޔާރު ކަން ފާހަގަ ކުރައްވާފައެވެ.
Definitely a new strain. Looks more infective. Affecting the lungs more vigorously. Deteriorates faster.
Simple steps:
1. Reduce your contact bubble.2. Mask up Maldives!
3. A clean hands.
Above all pray to Allah#MaskupMaldives
— Dr. Mohamed Ali (@Moxamedalu) May 7, 2021
މިއަދުވެސް ރާއްޖެއިން 766 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު ޖުމްލަ 8،261 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 766 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެއްފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 571 މީހުންނާއި އަތޮޅުތަކުން 171 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 23 މީހުންނާއި ސިނާއީ ރަށްރަށުން ޕޮޒިޓިވްވި މީހެކެވެ.
ރާއްޖޭގައި މި ވަގުތު 205 މީހުންނަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ. މި ބަލީގައި މިހާތަނަށް 82 މީހުން ރާއްޖެއިން މަރުވެފައިވާއިރު އިއްޔެ ރާއްޖެއިން ރެކޯޑް އަދަދަކަށް މީހުންވަނީ މަރުވެފައެވެ.