ކަރްނކޮވިޑަށް ޕޮޒިޓިވްވެ އެ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮވެދާނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އެ ސިޓީ އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް ބަލި މީހުންނާއި ރޯގާގެ ޢަލާމާތްތައް ހުރި މީހުން ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.
ފުވައްމުލައް ސިޓީއިން މިވަގުތު ޕޮޒިޓިވް ވެފައިވާ މީހުންގެ ޖުމްލަ އަދަދު 13 އަށް އަރާފައިވާއިރު އަލަށް ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި އަދި ދިމާވެފައިވާ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފުވައްމުލަކުން ކޮވިޑް19 އަށް ބަޔަކު ޕޮޒިޓިވްވުމާއި ގުލީގެން ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށްޓަކައި، ރަގަޅަށް މާސްކް އެޅުމާއި، މީހުންގެ ތެރޭގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނަގިނައިން އަތްދޮވުމަށް ސަމާލުކަން ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ފުލޫ ކުލިނިކަށް ދެއްކި މި މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ފުވައްމުލައް ހޮސްޕިޓަލް ބުނީ މި މީހާއަކީ ފާއިތުވި ދުވަސްތަކުގައި ދަތުރެއްކޮށް ނުވަތަ ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީނުވެފައިވާ މީހެއް ނޫންކަމަށެވެ.
ފުވައްމުލައް ސިޓީގައި ކަރަންޓީންގައި ނެތް މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ކައުންސިލަށް ފޮނުއްވި އެންގުމެއްގައި ވަނީ އެ ރަށް މޮނިޓަރިން ހާލަތަށް ގެނައީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ. އަދި އެ ރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއުވަނީ އިއުލާންކޮށްފައެވެ.