English Edition
Dhivehi Edition
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ފުރަބަންދު ތަންފީޒްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކަރަންޓީނުގެ މުއްދަތު 10 ދުވަހުން 14 ދުވަހަށް އިތުރު ކޮށްފި އެވެ.

މިއަދު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިވަގުތުން ފެށިގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ވަކި އެއްޗެއް އަންގަވަންދެން ދަތުރުފަތުރާ ގުޅިގެން ކުރާ ކަރަންޓީނު ކުރާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުމަށް އަންގާކަމަށެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށިއިރު 14 ދުވަހަށް ކަރަންޓީނުވާން ޖެހެނު ނަމަވެސް އެތައް ބަޔަކު ޝަކުވާކުރުމާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ފަހުން ވަނީ ކަރަންޓިނުގެ މުއްދަތު 10 ދުވަހަށް ބަދަލުކޮށްފައެވެ.

އެހެންނަމަވެސް މިހާރު ރާއްޖޭގެ ހާލަތު ގޯސްވެ، ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ވަރުގަދަކޮށްފައިވާއިރު މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި ކާފިއުވަނީ އިއުލާންކޮށްފައެވެ.