English Edition
Dhivehi Edition

‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭނީ ރޯދަވީއްލާ ގަޑީގައި ކާލަން ވަރަށް މީރު ހެދިކާއެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ ޕޮޓޭޓޯ ބްރެޑް ޕޮކެޓަކީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ރެސިޕީ އެއްކަމަށް އުންމީދު ކުރަމެވެ.

ބޭނުންވާތަކެތި:

2 އަލުވި ފެނުކައްކާފައި

1 ފިޔާ

2 ތޮޅި މިރުސް

2 ސައިސަމްސާ ކޮރިއަންޑާ ފަތް ހިމުންކޮށްފައި

1/4 ސައިސަމްސާ އަސޭމިރުސް

1/2 ސައި ސަމްސާ ގަރަމް މަސާލާ

1 ސައި ސަމްސާ ޗިލީ ޕައުޑަރ

1 ސައި ސަމްސާ ލޮނު (ރަހަލާވަރަށް)

2 ބިސް

1 ސައިސަމްސާ ޖިންޖާ ގާލިކް ޕޭސްޓް

1 ޖޯޑު ޕާންކުނޑި

ތެޔޮ

ޗީޒް ގާނާފައި

ތައްޔާރުކުރާނެގޮތް:

ތަށްޓެއް ނަގާފައި އަލުވި އެޅުމަށްފަހު އަތުން ރަނގަޅަށް މޮޑެލާށެވެ. ދެން އޭގެ ތެރެއަށް ކޮށާފައި ހުރި ފިޔާ، މިރުސް، ލޮނު، އަސޭމިރުސް. ގަރަމް މަސާލާ، ޗިލީޕައުޑަރ އަދި ޖިންޖަރ ގާލިކް ޕޭސްޓް އަޅާފައި ރަނގަޅަށް މޮޑެލާށެވެ. ދެން ކޮރިއެންޑާ ފަތް އެޅުމަށްފަހު އަނެއްކާ މިކްސް ކޮށްލާށެވެ. މިހާރު މިހިރީ ފިލިންގ ތައްޔާރު ވެފައެވެ.

ދެން ޕާންފޮތި ތައްނަގާފައި އޭގެ ކައިރި ކަފާލާށެވެ. އަދި ރޮށިދަމާ ގޮތަށް ދަމާލާފައި ތައްޔާރު ކުރި ފިލިންގ އެޅުމަށްފަހު ގާނާފައި ހުރި ޗީޒްވެސް އަޅާފައި ފެންފޮދަކުން ޕާންފޮތީގެ ކައިރި ތަތްކޮށްލާށެވެ. ޕާންފޮތިތައް ހުސްވަންދެން މިގޮތަށް ޕޮކެޓް ތައްޔާރު ކުރާށެވެ. ދެން ދެބިސް ގިރާފައި ތައްޔާރު ކުރި ޕޮކެޓްތައް ފޯކޮށްފައި ޕާންކުނޑި ބޭރުގައި ހޭކުމަށްފަހު ތަވާ އުނދުން މައްޗަށް އުދާފައި ޕޮކެޓްގެ ބޭރަށް ގޯލްޑެން ބްރައުން ކުލަ އަރަންދެން ތެލުލާށެވެ.