English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ އަޝާވީސްވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ މިލްކް ޕުޑިންގ ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:
500މލ ކިރު
50ގ ކޯން ސްޓާޗް
50ގ ހަކުރު
1 ޖޯޑު ހުނި

ތައްޔާރުކުރާނެގޮތް:

ދެބައިކުޅެ އެއްބައި ކިރު ތައްޓަކަށް އަޅާފައި ހަކުރުވެސް އަޅާފައި ސަމުސަލުން ގިރާލާށެވެ. ބާކީ ހުރި ކިރަށް ކޯންސްޓާޗް އަޅާފައި މިކްސް ކުރުމަށްފަހު ދެބައި އެެއްކޮށްފައި ތެއްޔަކަށް އެޅުމަށްފަހު ކައްކަން އުދާށެވެ. މަޑުގިނީގައި އޮލަވަންދެން 2-3 މިނެޓަށް ކައްކާށެވެ.
އުނދުން މަތިން ބާލާފައި ޓްރޭއަކަށް އެޅުމަށްފަހު ހިހޫވަންދެން 1-2 ގަޑިއިރު ބެހެއްޓުމަށް ފަހު ދެން ފިނި ވަންދެން ފްރިޖްގައި ބަހައްޓާށެވެ.

ފިނިވުމުން ފްރިޖުން ނަގާފައި ކިއުބް ގޮތަށް ކޮށާފައި ބޭރު ހުނިން ކޯޓް ކޮށްފައި ސާރވް ކުރާށެވެ.