English Edition
Dhivehi Edition

ބިރިޔާނީ އަކީ އާންމުގޮތެއްގައި އެކިގައުމުއތަކުގައި އީދު ދުވަހު ކެއުމަށް ހާއްސަކޮށް ބޭނުންކުރާ އެއް ކެއުމެކެވެ. ދިވެހި ރާއްޖޭގައިވެސް އީދު ދުވަހުގެ ހާއްސަ ކެއުމަކަށް ބިރިޔާނީ ތައްޔާރު ކުރެއެވެ. އެހެން ކަމުން މިއަދު ގެނެސްދެނީ ކުކުޅު ބިިރިޔާނީ ކައްކާނެގޮތުގެ ރެސިޕީ އެކެވެ.

ބޭނުންވާތަކެތި:

600ގ ހަނޑޫ (ކައްކާފައި)
4ސަމްސާ މިންޓް ފަތް
ލޮނުކޮޅެއް (ރަހަލާވަރަށް)
2 ސަމްސާ ކޮރިއަންޑާ ޕައުޑަރ
1 ސަމްސާ ލޮނުމެދު ގާނާފައި
2 ސަމްސާ ޓޮމާޓޯ ޕިއުރީ
400ގ ފިޔާ (ތުނިކޮށް ކޮށާފައި)
8 ކާފޫރު ތޮޅި
1 ސަމްސާ ކިރު
1 ކިލޯ ކުކުޅު ކޮށާފައި
1 ސަމްސާ ގަރަމް މަސާލާ
ދެއިނގިލިން ހިފާލެވޭވަރު ސެފްރޮން ކޮޅެއް
1 ސަމްސާ އިނގުރު ޕޭސްޓް
4 ފެހި މިރުސް ކޮށާފައި
320ގ ޓޮމާޓޯ ކޮށާފައި
2 ސަމްސާ ދިރި
6 ސަމްސާ ކުކިންގް ތެޔޮ
ކުކުޅު މެރިނޭޓް ކުރުމަށް: (1/2 ސަމްސާ މުގުރިމިރުސް،6ސަމްސާ ގްރީކް ޕްލެއިން ޔޯގަޓް، 1 ސަމްސާ ރީނދޫ)2 ޖޯޑުފިޔާ، ކެށޫނަޓް، ހިކިމޭބިސްކަދުރު ތެލުލާފައި
ކޮރިއަންޑާފަތް

1 ސަމުސާ ބިރިޔާނީ މަސާލާ

ތައްޔާރުކުރާނެގޮތް:
އެންމެފުރަތަމަ ކުކުޅު ދޮވެލާފައި ތައްޓަކަށް އެޅުމަށްފަހު ރީނދޫ، ޔޯގަޓް، މުގުރި މިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާފައި މެރިނޭޓް ކުރަން 30 މިނެޓްވަންދެން މަތިޖަހާފައި ފްރިޖްގައި ބަހައްޓާށެވެ. އަދި ކިރުފޮދަށް ސެފްރޮންވެސް އަޅާފައި ވަކިން ބަހައްޓާށެވެ.
ދެން ތަވާއުނދުން މައްޗަށް އުދާލާފައި ތެޔޮފޮދެއް އެޅުމަށްފަހު ހޫނުވެލީމަ ދިރި އަދި ކާފޫރު ތޮޅި އެޅުމަށްފަހު 2 މިނެޓްވަންދެން ކައްކާފައި ފިޔާ އެޅުމަށްފަހު 2-3 މިނެޓްވަންދެން ދޭފަތުން ހަލުވަމުން ދާށެވެ. މަޑު މުށިކުލައަރަންފެށީމަ ޓޮމާޓޯ އަޅައިގެން 5 މިނެޓްވަންދެން މަޑުގިނީގައި ކައްކަމުންދާށެވެ. ދެން ،ފެހިތޮޅި މިރުސް،ލޮނުމެދު، އިނގުރު،އެޅުމަށްފަހު 1 މިނެޓްވަންދެން ކައްކަމުންދާށެވެ. ދެން ބިރިޔާނީ މަސާލާ އަދި ކޮރިއެންޑާ ޕައުޑަރ އެޅުމަށްފަހު މެރިނޭޓް ކުރަން ބެހެއްޓި ކުކުޅު އެޅުމަށްފަހު ކުޑަފެންފޮދެއް އަޅައިގެން މަތިޖެހުމަށްފަހު މަޑުގިނީގައި ކުކުޅު ރޯފިލަންދެން ކައްކާށެވެ.
ކުކުޅުކޮޅު ރޯފިލީމާ ކައްކާފައި ހުރި ބަތް އެޅުމަށްފަހު ސެފްރޮން މިލްކް ފޮދު ވެސް އަޅާފައި ރަނގަޅަށް އެއްކުރުމަށްފަހު މަޑުގިނީގައި ބަހައްޓައިގެން 10 މިނެޓްވަންދެން ކެއްކުމަށްފަހު އުނދުންމަތިން ބާލާށެވެ. ދެން މައްޗަށް ތެލުލި ފިޔާ،ކެޝޫނަޓް، ހިކިމޭބިސްކަދުރު، އަދި ކޮރިއަންޑާފަތާއި މިންޓް ފަތް އެޅުމަށްފަހު ސާވް ކުރާށެވެ.