English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ފަންސަވީސްވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ލެމަން ވިޕް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:
1 ޕެކެޓް ޖެލީ ލެމަން
1 ދަޅު އެވަޕޮރރޭޓެޑް މިލްކް
ވިޕްކްރީމް
ލުނބޯ ތޮށި ގާނާފައި

ތައްޔާރުކުރާނެގޮތް:
ޖަގަކަށް ޖެލީޕައުޑަރ އަޅާފައި ހޫނުފެން އެޅުމަށް ފަހު ގިރާލާށެވެ. ދެން ޓްރޭ އަކަށް އަޅާލުމަށްފަހު ހަރުވަންދެން ފްރިޖްގައި 2 ގަޑިއިރު ބަހައްޓާށެވެ.
އެވަޕޮރޭޓެޑް މިލްކް މިކްސަރުން އޮލަވަންދެން ގިރާލާށެވެ. ގގިރަމުން ދާއިރު ޖެލީއަޅަމުން ގިރަމުން ދާނީ އޭގެ ތެރެއަށް ޖެލީ އަޅަމުން ނެވެ.
ދެން ވިޕްކްރީމް ވެސް އޮލަވަންދެން ގިރާލާށެވެ.
ބިއްލޫރި ތައްޓެއްނަގާފައި އެޅުމަށްފަހު މައްޗަށް ވިޕްކްރީމްވެސް އެޅުމަށްފަހު ގާނިޝް ކުރުމަށް ވިޕްކްރީމް މައްޗަށް ގާނާފައި ހުރި ލުނބޯ ތޮށި އެޅުމަށްފަހު ސާރވް ކުރާށެވެ.