English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ތިރީސްވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ސްޕައިސީ ޝްރިމްޕް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

1 ޕެކްޓް ޝްރިމްޕް (ސާފުކޮށްފައި ހުރި)
5 ލޮނުމެދު
½ ސަމުސާ މުގުރި މިރުސް
1 ސަމުސާ ޕެޕްރިކާ
2 ސަމުސާ އޮލިވް އޮއިލް
ލޮނު (ރަހަލާ ވަރަށް)
2 ސައިސަމުސާ ލުނބޯ ޖޫސް

ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ލޮނާއި އެކު ލޮނުމެދު ޗަސްކޮށްލާށެވެ. ދެން މުގުރި މިރުސް، ޕެޕްރިކާ، އޮލިވް އޮއިލް އަދި ލުނބޯ ޖޫސް އަޅައިގެން ޕޭސްޓް ތައްޔާރުކޮށްލާށެވެ.
އެއަށްފަހު، ޝްރިމްޕް ސާފުކޮށްފައި، ޕޭސްޓާއެކު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ގްރިލް އެއްގައި ގްރިލްޑް ކޮށްލާށެވެ. ގްރިލްޑް ކޮށް ނިމުމުން ތައްޓަކަށް އަޅާފައި އޭގެ މައްޗަށް ލުނބޯ ޖޫސް ބުރުވާލުމަށްފަހު ގާނިޝްކޮށްލާށެވެ.