English Edition
Dhivehi Edition

ރާއްޖެއިން މިއަދު އިތުރު 703 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެ ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ 7،607އަށް އަރައިފިއެވެ.

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 703 މީހުން ޕޮޒިޓިވްވެފައިވާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 526 މީހުންނާއި އަތޮޅުތަކުން 167 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން 07ހަތް މީހުންނާއި ސިނާއީ ރަށްރަށުން 03 މީހެކެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 33،368އަށް ވަނީ އަރާފައިވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 25،675 އެވެ. މި ބަލީގައި މިހާތަނަށް 77 މީހުން ރާއްޖެއިން މަރުވެފައިވާއިރު 203 މީހުންނަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްތަކުގަ އެވެ.