English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލައް ހޮސްޕިޓަލް

ފުވައްމުލައް ސިޓީއިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ސިޓީ އަށް އަރައި ފޭބުން މަނާކޮށްފިއެވެ.

މިއަދު އެ ސިޓީ އިން ޕޮޒިޓިވްވި މީހާއަކީ ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން 5 މޭ 2021 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު މީހެކެވެ، ފުވައްމުލައް ހޮސްޕިޓަލް ބުނީ މި މީހާއަކީ ފާއިތުވި ދުވަސްތަކުގައި ދަތުރެއްކޮށް ނުވަތަ ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީނުވެފައިވާ މީހެއް ނޫންކަމަށެވެ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެ ސިޓީގެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފުވައްމުލައް ސިޓީގައި ކަރަންޓީންގައި ނެތް މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި ކައުންސިލަށް ފޮނުއްވި އެންގުމެއްގައި ވަނީ އެ ރަށް މޮނިޓަރިން ހާލަތަށް ގެނައީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އެ ސިޓީގެ ރައްޔިތުން ރައްކާތެރިކަމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ދެމުން ގެންދާ އިރުޝާދުތަކަށް އަމަލު ކުރުމަށް އިލްތިމާޒުކޮށްފައެވެ.