English Edition
Dhivehi Edition

ޅ. ނައިފަރު ގައި ކޮވިޑް 19 އަށް ފަރުވާ ދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ. ޢުމުރުން 83 އަހަރުގެ މިމީހާ ނިޔާވީ ޅ. ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށްވެ. މިމީހާއާއިއެކު މިބަލި ޖެހިގެން ރާއްޖޭގައި މަރުވި މީހުންގެ ޢަދަދު މިވަނީ 76 އަށް އަރާފައެވެ. ނައިފަރުގައި މީގެ ކުރިންވެސް ވަނީ ކޮވިޑް ޖެހިފައިވާ މީހަކު ނިޔާވެފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާ މި ދަނޑިވަޅު މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހުން ފެށިގެން ނައިފަރުގައިވެސް ދަނީ ވަރަށް ގިނަ ބަޔަކު މި ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. . މިއަދު އެކަނިވެސް އެރަށުގެ 40 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިހާރު އެރަށުގައި ކޮވިޑް 19 ޖެހިފައިވާ 328 މީހުން އެބަތިއްބެވެ.