English Edition
Dhivehi Edition

ވިލާ ކޮލެޖުގެ “ސްކިލްސް ފޯ އަ ރެޒިލިއަންޓް ވާކްފޯސް” ޕްރޮގްރާމްގެ ދަށުން، ހިލޭ އަދި އެލަވަންސް ލިބޭ ގޮތަށް އަލަށް ތައާރަފްކުރާ ކުރު ކޯސްތައް، އައްޑޫ ސިޓީ ހިތަދޫ ވިލާ ކޮލެޖްގެ ކެމްޕަހުގައިވެސް ކުރިއަށް ގެންދާނެކަމަށް އެ ކޮލެޖުން ބުނެފިއެވެ.

މުޅިން ހިލޭ އެލަވަންސް އެއް ލިބޭ ގޮތަށް، 16 ހަފްތާއަށްކުރިއަށް ގެންދާ މި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ނެޝަނަލް ސެޓްފިކެޓް 3 އިން އިންވެންޓްރީ މެނޭޖްމަންޓް، ހައުސްކީޕިން، ލައިފްގާޑިން، ވޯޓަ ސްޕޯޓްސް އަދި ޓިކެޓިން އެންޑް ރިޒަވޭޝަން ކޯސްތަކެވެ.

May be an image of text that says 'VILLA.COLLEGE OLLEGE National Certificate 3 in Water Sports MNQF LEVEL 3 FREE COURSE 16 WEEKS MONTHLY ALLOWANCE WILL BE GIVEN MVR 2,000 MONTH Deadline is 6th June 2021 *16-35 years of age *Apply before 6th june APPLY NOW Tel: 3303200, 7320302, www.villacollege.edu.mv'

މި ކޯސްތަކުގައި މަހަކު 2،000 ރުފިޔާގެ އެލަވަންސެއް ލިބޭއިރު، ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޑިރެކްޓަރ އަލީ ޝަރީފް ވިދާޅުވީ މި އެލަވަންސް ލިބުމަކީ މި ކޯސްތައް ފުރިހަމަކުރުމުގައި މާލީ ގޮތުން ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަށެވެ.

މި ކޯސްތަކަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހެވެ. ކޯސްތަކަށް އެދި އޮންލައިންކޮށް އަދި ވިލާ ކޮލެޖުގެ ވެބްސައިޓް(http://villacollege.edu.mv/) މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ އެވެ.