English Edition
Dhivehi Edition

މެޕްސް ކޮލެޖްގެ ޖެނުއަރީ އިންޓޭކް ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުސަތު އެކޮލެޖުން ހުޅުވާލައިފިއެވެ.

މެޕްސް ކޮލެޖުން މައުލޫމާތު ދޭގަޮތުގައި 2025 ގެ އިންޓޭކްގައި އެކޮލެޖްގެ ސެޓްފިކެޓް ލެވެލް އިންފެށިގެން ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް ހުރިހާ ކޯސްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. 2025 އަށް މެޕްސް ކޮލެޖުން ހުޅުވާލި ކޯސްތަކަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯރސް މެނޭޖްމަންޓް،މާކެޓިންގ މެނޭޖްމަންޓް،އެކައުންޓިންގ އެންޑް ބިޒްނަސް، ޓްރަވެލް އެންޑް ޓޫރިޒަމް،ޕްރޮޖެކްޓް މެނޭޖްމެންޓް، ޕްރޮކިއުމަންޓް،ލޮޖިސްޓިކް އެންޑް ސަޕްލައި ޗެއިން މެނޭޖްމެންޓް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތައް ހިމެނެއެވެ.

މިކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އަހަރު ޖެނުއަރީ މަހުގެ 5ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި ވާއިރު ބެޗްލާ އޮފް އެކައުންޓިންގ ކޯސް އަދި އެކޮލެޖުން ހިންގާ އެސޯސިއޭޝަން އޮފް ޗަރޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީ.ސީ.އޭ)ގެ ކޯސްތސކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި އަހަރުގެ ޑިސެމްބަރ 25 ވަނަ ދުވަހާ ހަމައަށެވެ.

ކާމިޔާބު ކަމާއެކު އޯލެވެލް ނިންމާފައިވާ ކޮންމެ ދަރިވަރަކަށް ވެސް މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށާއި ހަމައެއާއެކު ކާމިޔާބު ކަމާއެކު އޭލެވެލް ނިންމާފައިވާ ކޮންމެ ދަރިވަރަކަށް ވެސް އެ ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް އެކޮލެޖުން މައުލޫމާތު ދެއެވެ. އަދި އޯލެވެލް އަދި އޭ ލެވެލް ފާސް ނެތް ދަރިވަރުންނަށް ވެސް “އޯލްޓަނޭޓިވް އެންޓްރީ”ގެ ދަށުން ބެޗެލަރސް ޑިގްރީގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުތަކެއް ހުންނާނެ ކަމަށް މެޕްސް ކޮލެޖުން މައުލޫމާތުދެއެވެ.

މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ހުރިހާ ކޯސް ތަކަކީ ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ ‘ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް’ ގެ ދަށުން ކިޔެވޭނެ ކޯސްތަކެވެ.

މިގޮތުން އެ ކޮލެޖުން ހިންގާ ގިނަ ޑިގްރީ ކޯސްތަކަކީ ‘ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް’ގެ ދަށުން މުޅިން ހިލޭ ކިޔެވުމުގެ ފުރުޞަތު ހުރި ކޯސްތަކެކެވެ. މި ހުރިހާ ކޯސްތަކެއް ވެސް ބައްޓަން ކުރެވިފައި ވަނީ މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމެއްގެ ދަށުންނެވެ. މިހުރިހާ މަޢުލޫމާތެއް މެޕްސް ކޮލެޖުގެ ވެބްސައިޓް އއއ.މަޕސ.ެދު.މވ މެދުވެރިކޮށް ލިބިގެންދާއިރު، މަތީ ތަޢުލީމު ޙާޞިލުކުރުމުގައި ކުރިޔަށް ދާންވީ ދާއިރާއެއް ޚިޔާރު ކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ‘ކެރިއަރ ގައިޑެންސް’ ސެޝަންތަކެއް ވެސް މެޕްސް ކޮލެޖުން އިންތިޒާމްކޮށްދެއެވެ.

މެޕްސް ކޮލެޖުގެ ނަމްބަރު 3314621 ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް މިކަމުގައި މެޕްސް ކޮލެޖުގެ އެހީތެރިކަން ހޯދިދާނެއެވެ.

މެޕްސް ކޮލެޖަކީ ދިގު މުއްދަތެއް ވަންދެން މަތީ ތައުލީމު އުނގަންނައިދިނުމުގެ ޚިދުމަތް ރާއްޖޭގެ ގިނަ ބަޔަކަށް ފޯރުކޮށްދެމުން އަންނަ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. ތައުލީމީ ދާއިރާގައި 25 އަހަރު ކަޑައްތުކޮށްފައިވާ މެޕްސް ކޮލެޖުން އަންނަނީ 2019 ވަނަ އަހަރުން ފެށިގެން ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގުމުގެ ޚިދުމަތް އާއްމުންނަށް ފޯރުކޮށްދެމުންނެވެ.