English Edition
Dhivehi Edition

ވިލާ ކޮލެޖްގެ “ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް” އަށް ކުރިމަތިލުމުގެ ފުރުޞަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ

މިސްކޮލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން30 ޑިސެންބަރ 2020 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ސްކޮލަރޝިޕަށް އެދޭ ފޯމު އައްޑޫސިޓީ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ކައުންސިލުންވަނީ އެދިފައެވެ. ސްކޮލަރޝިޕަށް އެދޭ ފޯމު އަދި ސްކޮލަރޝިޕާ ގުޅޭ މަޢުލޫމާތު ޝީޓް މި ލިންކު ތަކުން ލިބިވަޑައިގަންނަވާނެއެވެ. ކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަންބަރު 6885002 ފޯނަށް ގުޅުއްވުމަށް އެއިދާރާއިން އެދެއެވެ.

 

ވިލާ ކޮލެޖުގެ ސްކޮލަރޝިޕް ސްކީމަކީ 2016 ވަނަ އަހަރުންފެށިގެން ވިލާ ކޮލެޖްގެ ކެމްޕަސްތަކާއި އެ ކެމްޕަސްތައް ހުންނަ އަތޮޅު ނުވަތަ ރަށު ކައުންސިލާއި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް ނަމުގައި އެ ކޮލެޖުގައި ހިލޭ މަތީތައުލީމު ހާސިލް ކުރުމަށް ކޮންމެ އަހަރަކު އެއްފަހަރު ހުޅުވާލެވޭ ސްކޮލަރޝިޕް ފުރުސަތެކެވެ

ވިލާ ކޮލެޖާއި އައްޑޫސިޓީ ކައުންސިލާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ތަޢާރަފުކުރެވިފައިވާ ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަކީ ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދަށް ނިސްބަތްކޮށް، އައްޑޫސިޓީގެ ދެ ފަރާތަކަށް ހިލޭ ކިޔެވުމަށް ހުޅުވާލެވުނު ދެ ފުރުޞަތެވެ.

ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް ޕްރޮގްރާމުގައި ވިލާ ކޮލެޖުގެ ޕާރޓްނަރެއްގެ ގޮތުގައި އައްޑޫސިޓީ ކައުންސިލުން ބައިވެރިވުމަށްޓަކައި އައްޑޫސިޓީ ކައުންސިލާއި ވިލާ ކޮލެޖާ ދެމެދު ސޮއިކުރެވުނީ 2017 އޭޕްރީލް 4 ވަނަ ވަނަ ދުވަހު ގައެވެ.އޭގެފަހުން ކޮންމެ އަހަރަކު އައްޑުސިޓީގެ ދެދަރިވަރަކަށް މަތީތަޢުލީމުގެ ފުރުސަތު ވިލާކޮލެޖުންވަނީ ފަހިކޮށްދީފައެވެ.