English Edition
Dhivehi Edition
13 އޭޕްރީލް 2020 ވަނަ ދުވަހު ހުޅުމާލޭގެ މަގުތައް ފުލުހުން މޮނިޓަރކުރަނީ - ފޮޓޯ: ޕޮލިސް

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި، މިރެއިން ފެށިގެން ކޮންމެ ރެއަކު 9:00 އިން ފަތިހު 4:00 އާ ދެމެދު ފުރަމާލެ ސަރަޙައްދުގައި ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނީ ކޯވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި 2021 ގައި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއް ކަމަށާއި، ޟަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޚިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށެވެ.

އެޗްޕީއޭ އިން މިގޮތަށް ނިންމާފައިވާއިރު، މާލޭގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ އެ އެޖެންސީން ވަނީ އިއްޔެއިން ފެށިގެން މެއި 15 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގެ ޕާކުތަކާއި މައިޒާންތައް ބަންދުކޮށް، ކުޅިވަރުގެ ޙަރަކާތްތައް ހިންގުންވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައިވާއިރު، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައްވެސް ވަނީ މެދުކަނޑާލައިފައެވެ.