English Edition
Dhivehi Edition
"ކޯވިޑް-19 ދިފާޢު" ކެމްޕޭން ރަސްމީގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއިން ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރި މީހުންގެ އަދަދު 120،000 އާ ގާތްކޮށްފިއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި އަންގާރަ ދުވަހުގެ ނިޔަލަށް ޖުމުލަ 299،407 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ދީފައިވާއިރު، ދެވަނަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 119،518 އަށް އަރައިފައެވެ. މިގޮތުން އަންގާރަ ދުވަހުވެސް 1،011 މީހުން ފުރަތަމަ ޑޯޒު ޖަހާފައިވާއިރު، ދެވަނަ ޑޯޒު ޖެހީ 5،278 މީހެކެވެ.

ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދޭން ފެށީ މާލެ ސަރަޙައްދުން ނަމަވެސް، ފެބުރުވަރީ 03 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހުރިހާ ހޮސްޕިޓަލެއްގައިވެސް ވަނީ ވެކްސިން ދޭން ފަށައިފައެވެ.

ރާއްޖެއިން މިހާތަނަށް 32،665 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 25،473 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 198 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މި ބަލީގައި ރާއްޖެއިން 74 މީހަކު ވަނީ ނިޔާވެފައެވެ.