English Edition
Dhivehi Edition
ސަރުކާރުގެ ގިނަ އިދާރާތައް ޤާއިމްކޮށްފައިވާ ވެލާނާގެ ބިލްޑިންގ - ފޮޓޯ: ފްލިކްއާރް (އިބްރާހިމް އައްސަދު)

ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތައް (އެންޖީއޯ) ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން އޮފީސްތައް ބަންދުކޮށް، އޮންލައިންކޮށް މަސައްކަތް ކުރިއަށް ގެންދާ ދުވަސްތަކުގައި އެން.ޖީ.އޯ ރަޖިސްޓްރޭޝަނަށް ލިޔެކިޔުންތައް ހުށަހަޅުއްވާނީ އީމެއިލް މެދުވެރިކޮށް [email protected] އަށް ކަމަށެވެ.

މީގެ އިތުރުން އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 3330808 ނަމްބަރ ފޯނަށް ގުޅުއްވުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަޙައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައިވާއިރު، މިހާރު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 31،931 އަށް އަރައިފައެވެ.