English Edition
Dhivehi Edition

ގއ. އަތޮޅު ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުން ލެބޯޓްރީ ސާމްޕަލްތައް ހިފައިގެން ދަތުރުކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓްގައި އަތޮޅު ހޮސްޕިޓަލުން ނެރުއްވާފައިވާ (IUL)GAAH/GAAH/2021/14 އިޢުލާންގައިވާ ގޮތުން ގއ.އަތޮޅުގައި ލެބޯޓްރީގެ ޚިދުމަތްލިބެން ނެތް މަރުކަޒުތަކުށް އެންމެ ގާތުން ލެބޯޓްރީގެ ޚިދުމަތް ލިބެން ހުރި މަރުކަޒުތަކަށް ލެބޯޓަރީ ސާމްޕަލް ގެންގޮސްގެން ޓެސްޓް ހެދޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މިނިސްޓްރީ އޮފް ހެލްތުން ނިންމުމާއި ގުޅިގެން. އަތޮޅުގެ ޞިއްޙީ މަރުކަޒުތަކުން ލެބޯރަޓްރީ ސާމްޕަލް ނަގައިގެން ތިރީގައި ބަޔާންކޮށްފައިވާ މި އަތޮޅުގެ ޞިއްޙީ ޙިދުމަތްދޭ ލެބޯޓްރީތަކަށް ލެބޯޓްރީ ސާމްޕަލް ގެންގޮސް ހަވާލުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 01 އަހަރުގެ މުއްދަތަށް ހޯދަން ބޭނުން ވެފައިވާ ކަމަށް އެ އިޢުލާންގައި ބުނެފައިވެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްރަކުން 11 މެއި 2021 ވަނަ ދުވަހުގެ މެންދުރު 13.00 އަށް ގއ. އަތޮޅު ހޮސްޕިޓަލާއި ތިރީގައި ބަޔާން ކޮށްފައިވާ ސިއްޙީމަރުކަޒުތަކަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 19 މެއި 2021 ވަނަ ދުވަހުގެ 13.00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭ ކަމަށްވެސް އިޢުލާންގައި ބުނެފައިވެއެވެ.

މޯބައިލް ލެބޯޓްރީ ޤާއިމްކުރާ ސިއްޙީމަރުކަޒުތައް

ސާންޕަލް ހުރި ރަށް ސާންޕަލް ގެންގޮސް ހަވާލުކުރަންޖެހޭ ތަން

ގއ ނިލަންދޫ ސިއްޙީމަރު ގއ ދާންދޫ ސިއްޙީމަރުކަޒު

ގއ މާމެންދޫ ސިއްޙީމަރުކަޒު ގއ. އަތޮޅު ހޮސްޕިޓަލް

ގއ. ކޮނޑޭ ސިއްޙީމަރުކަޒު ގއ.ގެމަނަފުށި ސިއްޙީމަރުކަޒު

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަންވެސް އިޢުލާންގައިވަނި ބަޔާންކޮށްފައެވެ.