English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ރޯދަ ވީއްލާގަޑީގައި ކާލެވޭނެ ސިއްހަތަށް ފައިދާ ހުރި ވެޖެޓަބަލް އޮމްލެޓް އެއް ތައްޔާރު ކޮށްލާނެ ގޮތެވެ. ރޯދަ ވީއްލާގަޑީ ލުއި ކޮށް ކާލާ ބޭފުޅުންނަށް މި އޮމްލެޓް އަކީ ބެސްޓް ޗޮއިސް އެކެވެ.

ބޭނުންވާނެ ތަކެތި:

2 ބިސް

1 ސައިސަމުސާ ފިޔާ (ހިމުންކޮޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ގްރީން ބީންސް (ހިމުންކޮޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ކެރެޓް (ހިމުންކޮޮށް ކޮށާފައި)

1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ( ހިމުންކޮޮށް ކޮށާފައި)

1 ސައިސަމުސާ ގްރީން ޗިލީ ( ހިމުންކޮޮށް ކޮށާފައި)

¼ ސައިސަމުސާ ލޮނު

⅕ ސައިސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމުސާ ލުނބޯ ހުތް

 

ތައްޔާރުކުރާނެ ގޮތް:

ބޯތައްޓަކަށް ބިސް ތަޅާލައިފައި ބިސް ރަނގަޅަށް ގިރާ ލާށެވެ. އެއަށްފަހު ގިރާލައިފައި ފިޔާ، ގްރީން ބީންސް، ކެރެޓް، ޓޮމާޓޯ، ގްރީން ޗިލީ އަޅާފައި އެއްކޮށްލާށެވެ. އެއަށްފަހު ލޮނު، މުގުރި މިރުސް އަދި ލުނބޯ ހުތް އަޅާލައި އެެއްކޮށްލުމަށްފަހު ބިސްގަނޑު އަޅާ ތަވާ ދޮންކޮށްލައިފައި ބިސްގަނޑު އަޅާހެން އަޅާލާށެވެ. ޔަގީނުންވެސް މީ ހަށިގަނޑަށް ފައިދާ ހުރި މީރު ބިސްގަނޑަކަށް ވާނެއެވެ.